ޚިޔާރުކުރާނީ ފިރިމީހާ
މަރާލުމެވެ.
ޙަސާޒިމް | ޒިމްސް ދަރުބާރު | 20 އޯގަސްޓް 2020
މި ފޮޓޯ އަކީ އިންޓަނެޓުން ނެގިފައިވާ ފޮޓޯއެކެވެ.
އާދައިގެ މަތިން ފަތިސްނަމާދަށްފަހު ރަށުތެރެބަލާލާ ހޮޓަލުން
ސައިތައްޓެއް ބޯލުމަށް ނިކުތް އިރު މިސްކިތްކައިރީގައި އޮލަ ވާހަކައެއްގައި
ބަޔަކުތިބުމުން އެމީހުންދައްކާ ވާހަކައެއް ބަލާލުމަށް ކައިރިއަށް ލެފިލީމެވެ.
އެކަކު އަނެކަކުގެ ޙާލު އަހާލުމަށްފަހު ދެކެވެނީ ކޮންވާހަކައެއްތޯ އަހާލުމުން
ކުރިން އެތަނުން އެކަކު ބުންޏެވެސް ޢާޒިމްމެންނަށް ވަރަށް ރަނގަޅަށް ހުންނާނީ ތަޖުރިބާ
ކުރެވިފައެވެ. އެބުނި އެއްޗަކާއިއެކު މަޢުލޫ ދެނެގަންނާކަށް އުނދަގުލެއް
ނުވިއެވެ. އާއެކެވެ. ފިރެހެނުން
ޝަޢުޤުވެރިވިޔަސް އެއީ އަންހެނުންގެ ލޭކައްކުވާލާ އެމީހުން އެއްމެ ރުޅިއަންނާނެ
މަޢުލޫއެވެ. ތިޔަ ހީވީ ހަމަ ރަނގަޅަށެވެ. ދެ އަންބަށް މީހުނާއި އިނުމެވެ.
" ކޮބާ ސަޔަކަށް ނުދާނަންތަ؟" އެތަނުން އެކަކު އެތަނުގައިވާ
ޝެއިޚެއް ކުރެން އަހާލިއެވެ.
"ނޫން ދާނަން. ސަޔަށް ނުގޮސް ގެޔަށް ދިޔަޔަސް މިގަޑީ
އެއްޗެއް ލިބޭނީކީ ނޫންވިޔަ" ޝެއިޚްގެ ޖަވާބު އައީ ދިރިއުޅުމުގެ ޙާލަތުވެސް
އެއިން ދޭހަވާގޮތަށެވެ.
"އެއީ ކީއްވެ؟" އަހަރެންވެސް ވާހަކައިގަ
ބައިވެރި ވުމަށް އަހާލީމެވެ.
"މިހާރުވެސް ބަލާބަލަ، ފަތިހު ސައިތައްޓެއް ހަދާދޭން
ބުނެފިނަމަ، މޫނަށް ވައްތަރެއް ނުޖައްސާ ސައިތައްޓެއް ހަދާދޭނީ މަދު އަންހެއް"
ޝެއިޚް އަންހެނުންގެ ޢަމަލުތައް ހުންނާނެ ގޮތާއި އެކު އަހަރެންގެ ސުވާލަށް ނުސީދާ
ޖަވާބެއް ދިނެވެ.
" ތިޔަ ބުނީ ދޮގެއްނޫން. އެހެންވެގެންނޭ ދެ އަންބަށް
އިންނަން ޖެހެނީވެސް" އެތަނުން އެކު ޝެއިޚްގެ ޖަވާބަށް ބާރުދިނުމާއި އެކު
މަޢުލޫގެ ތެރެއަށް ދިޔައެވެ.
"ދެން ތިއީ އަނެއްކަންތައް، ގިނަ އަންހެނުން އެމީހުން
ފިރިންނަށް އަދާކޮށްދޭން ޖެހޭ ކަންތައް އަދާ ނުކުރިޔަސް ފިރިމީހާ އެހެން
އަންހެނަކާ އިންނާކަށް އެއްބަހެއް ނުވާނެ"
" މިހާރުވެސް އަންހެނަކަށް ދީބަލަ ޗޮއިސްއެއް، ބޭނުމީ
ފިރިމީހާ އެހެން އަންބަކު ހޯދުންތޯ ނޫނީ އަމިއްލަ އަތުން ފިރިމީހާ މަރާލާފަ
ހުވަފަތް ވުންތޯ؟ އަންހެނުން ޚިޔާރު ކުރާނީ ފިރިމީހާ މަރާލާފަ ހުވަފަތްވުން. އެ
ވަރިހަމަ ކިތައްމެ ލޯބިވާ އަންހެނަކަވިޔަސް" ޝެއިޚް އެ ބުނި އެއްޗަކުން
ދެންތިބި އެއްމެންވެސް އެކަމާއިމެދު ވިސްނާލަން ޖެހުނުހެން ހީވިއެވެ.
"ހަމަ ރަނގަޅަށް ތިބުނީ" ޝެއިޚްގެ ވާހަކައަށް
އެއްމެންވެސް ތާއިދު ކުރިއެވެ.
އާއެކެވެ، ޝެއިޚް އެ ބުނެދިނީ އަންހެނުންގެ ޖަޒުބާތީ ޙަސަދަ އެކަމުގައި ހުރި ހިސާބެވެ. އެކަމުގައި ހުރި ދަތިކަމާއި އުނދަގޫ ކަމެވެ. ޝެއިޚް އެހެން އެބުނީ ޝެއިޚަށް ލިބިފައިވާ ތަޖުރިބާގެ އަލީގައިކަން ޔަޤީނެވެ. އަދި އެއީ ހަމަ ކަންހިނގާގޮތޭ ބުނުންއެއީ ދޮގަކަށް ނުވާނެއެވެ.

No comments:
Post a Comment