ގޭތެރޭގެ ހޫނުމިން ދަށްކުރުން
ހަސާޒިމް | 13 އޯގަސްޓް 2020 | ޒިމްސް ދަރުބާރު
ދިވެހިރާއްޖެއަކީ އީކުއޭޓަރ
ރޮނގުމައްޗަށްވާ ޤައުމަކަށް ވުމާއިއެކު އަބަދުހެންމެ ހޫނުމޫސުމް އޮންނަ ގައުމެކެވެ.
ރާއްޖޭގެ ފިނިހޫނުމިން އަބަދުވެސް ހިފެހެއްޓިފައި ހުންނަނީ 30 ޑިގްރީ އާއި 40
ޑިގްރީ އާއި ދެމެދުގެ މިނެއްގައެވެ. މިހެންކަމުން އަޅުގަނޑުމެން
ދިރިއުޅޭގެތަކަށްވެސް އާދަޔާ ޚިލާފަށް ހޫނުވެއެވެ. ހޫނު ދުވަސްވަރު އެއަރކަންޑިޝަން
ބޭނުންކޮށްގެން ނޫނީ ގޭތެރޭގައި ކެތްކޮށްލަންވެސް އުނދަގުލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ގިނަފަހަރު ބޭރުތެރެއަށްވުރެވެސް ގޭތެރެ ހޫނެވެ. އެހެންނަމަވެސް ގޭތެރޭގެ ޓެމްޕަރޭޗަރއަކީ
އަޅުގަނޑުމެންނަށް އެއަރކަންޑިޝަން އާއި ނުލާވެސް ދައްކުރެވިދާނެއެއްޗެކެވެ.
މިކަމަށްޓަކައި ބޭނުންވަނީ ގެދޮރު ބިނާކުރާއިރު އެގޮތަށް ފަރުމާކުރުމެވެ.
ގޭތެރޭގެ ޓެމްޕަރޭޗަރ
ދަށްކުރުމަށްޓަކައި ގެދޮރު ހަދާއިރު އަދި ފަރުމާކުރާއިރު ސަމާލުކަންދޭން ޖެހޭ މައިގަނޑު
ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ގޭގެ ވެންޓިލޭޝަން ރަނގަޅު ކުރުމެވެ. ޚާއްޞަކޮށް
ކްރޮސް ވެންޓިލޭޓް ވާނެގޮތަށް ކުދި ދޮރުތައް ލުމެވެ. ކްރޮސް ވެންޓިލޭޓް ކޮށްގެން
ނޫނީ ބަންދުވެފައިވާ ތަނެއްގައި ވައިދައުރު ނުކުރާނެއެވެ. ދެވަނަ ކަމަކީ ފުރާޅު ޑިޒައިންކުރާއިރު
ހޫނުމިން ދަށްވާނެގޮތަށް ފުރާޅު ޑިޒައިން ކުރުމެވެ. އަޅުގަނޑު މި ލިއުމާއި
އެކުގައި ހިމަނާލާފައި މިވާ ކުރެހުމަކީ ހޫނުމިން ކުޑަވާނެ ގޮތަށް ޑިޒައިން
ކުރެވިފައިވާ ފުރާޅެއްގެ ތަފުސީލް ކުރެހުމުގެ ބައެކެވެ. މިހެން ފުރާޅު ހަދާއިރު
އާއްމުގޮތެއްގައި އަޅުގަނޑުމެން އާދައިގެ ގޮތަކަށް ފައިދޮށް މަތީ ފަތި އަޅާލާފަ
ޓިނު ޖަހާލާ ފުރާޅަކަށްވުރެ ތަންކޮޅެއް ޚަރަދު ބޮޑުވިނަމަވެސް މިއީ ދާއިމަށް
ކުރެވޭ ކަމަކަށް ބަލާއިރު އަދި ގޭތެރޭގެ ޓެމްޕަރޭޗަރ ދަށްކުރުމަށް ބޮޑު ޚަރަދެއް
ނޫނެވެ.
ގޭތެރޭގެ ހޫނުމިން
ދަށްވާގޮތަށް ފުރާޅު އަޅާނީ ކިހިނެއް؟
ތިރީގައި އަޅުގަނޑު
މި ހިމަނާލަނީ ހޫނުމިން ދަށްކުރުމަށް ފުރާޅު އެޅުމުގައި ކަންކުރާނެގޮތް
ތަރުތީބުންނެވެ.
1.
ރާފްޓަރސް ނުވަތަ ފައިދޮށްތައް އެޅުން
2.
ރާފްޓަރސް މަތީގައި ފުލައިވުޑް އެޅުން
3.
ފުލައިވުޑު މަތިން ރާފްޓާރސް ތަކުގެ މަތީގައި ރާފްޓާސް އާއި އެއްގޮތައް ފަތި
އެޅުން
4.
ފަތިތައް މަތީގައި ނަރުދާ ހަރުކުރުކުރުން
5.
ނަރުދާ މަތީގައި އެލުމިނިއަމް ފޮއިލް ރޫފް އިންސުލޭޝަން ވޫލު އެޅުން
6.
ރޫފް އިންސިއުލޭޝަން މަތިން ޓިނު ހަރުކުރާ ފަތި އަޅުން
7.
ހަރުކުރިފަތިތައްމަތީ ޓިނު ހަރުކުން
8.
ހިޔާކުރުމަށްފަހު ޓިނުތަކުގައި ނުޖެހޭނެ ވަރަށް ފުރާޅު މަތީގައި ސަންނެޓު
ހަރުކުރެވޭނެ ގޮތައް ހެދުމަށް ފަހު ސަންނެޓު ދަމާލުން
މިހެން ހެދުމުން
ގޭތެރޭގެ ހޫނިމިން ވަރަށް ބޮޑަށް ދަށްކުރެވޭނެއެވެ. އަދި އެއަރކޮންޑިޝަނުން ފިނިކޮށްދޭލެއް
އަވަސްވެފައި އެއަރކަންޑިޝަންގެ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ.

No comments:
Post a Comment