އަބޫ ޖަހުލު
ޙަސާޒިމް | ޒިމްސް ދަރުބާރު | 02 ޖުލައި 2020
މި ފޮޓޯ އަކީ
އިންޓަނެޓުން ނެގިފައިވާ ފޮޓޯއެކެވެ. މީ ކުޅެފައިވާ ފިލްމެއްގައި އަބޫޖަހުލުގެ
ރޯލު ކުޅެފައިވާ މީހެކެވެ.
އަބޫ ޖަހުލަކީ މުސްލިމުންގެ ތެރެއިން ގިނަބަޔަކަށް އެނގޭނެ
މީހެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ރަސޫލު
ޞައްލަﷲ ޢަލަހި ވަޞައްލަމައާއި އަދި އިސްލާމްދީނާއި ދެކޮޅު ޖާހިލު ދުސްމަނެއްގެ
ގޮތުގައެވެ.
އަބޫ ޖަހުލަކީ އޭނާގެ އަސްލު ނަމެއް ނޫނެވެ. އެއީ ރަސޫލު ޞައްލަﷲ
ޢަލަހި ވަޞައްލަމަ އޭނާއަށް ދެއްވެވި ވަނަމެކެވެ. އަބޫޖަހުލުގެ އަސްލު ނަމަކީ އަމްރޫ އިބުނި ހުޝާމެވެ. އެނާ އަކީ މައްކާގެ
ޤުރައިޝު ވަންހައިގެ ވެރިންގެ ތެރެއިން އެއްމެ އިސް އެއްވެރިއެކެވެ. އަބޫޖަހުލު
ނިސްބަތްވަނީ ޤުރައިޝް ވަންހައިގެ ބަނޫ މަޚުޒޫމުގެ ދަރިކޮޅަށެވެ. އެމީހުން އޭނާ އަކީ
އެމީހުންގެ މައްޗަށް ޙުކުމް ކުރާނެ ވެރިޔަކު ކަމުގައި ލާފައިވެއެވެ. އެހެންކަމުން
މައްކާގެ ޖާހިލުން އޭނާ އަށް އަބުލް ޙަކަމޭ ކިޔާއުޅެއެވެ. އެހެންނަމަވެސް އޭނާ
ކުރަމުން ދިޔަ ޙުކުމްތަކަކީ އަބަދުވެސް އޭނާއަށް މޮޅުގޮތް އޮންނަ މީސްތަކުން
ނިކަމެތި ކުރާ ޙުކުމްތަކެކެވެ. އޭނާ މީހެއްގެ ޙައްޤަށް އަރައިގަތަސް އެކަމާއި
ދެކޮޅަށް އެއްޗެކޭ ބުނުންވެސް އެއީ މަނާކަމަކެވެ. އެކަންކަމާއި ދެކޮޅަށް ތެދުވެ
ވަޑައިގެންނެވި ބޭފުޅަކީ މި އުއްމަތުގެ މާތް ނަބިއްޔާއެވެ.
އަބޫ ޖަހުލާއި މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބިން
ޚައްޠާބުގެ ބައްޕަ އާއި އެއީ ދެބެއިންނެވެ. އެހެންކަމުން އަބޫ ޖަހުލަކީ އުމަރުގެފާނުގެ
ބޮޑުބޭބެއެކެވެ. އަބޫ ޖަހުލާއި އަބޫ ލަހަބަކީ އެކަކު ކަމަށް ހީވެފައި އޮންނަ
ހީވުމާއި އަދި އަބޫ ޖަހުލާއި އަބޫ ލަހަބަކީ ދެބެއިން ކަމަށް ހީވެފައި އޮންނަ ހީވުމަކީވެސް
ކުށް ހީތަކެވެ. އަބޫ ލަހަބަކީ އަބުދުލް މުއްޠަލިބުގެ ފާނުގެ ދަރިއެކެވެ. އަދި އެއީ
ރަސޫލު ޞައްލަﷲ ޢަލަހި ވަޞައްލަމަ ގެ ބޮޑުބޭބެ އެކެވެ. އަބޫ ޖަހުލާއި އަބޫ ލަހަބަކީ އާއިލީ ގޮތުން
ތިމާގެ ކަމެއްވާ ބައެއްނޫނެވެ.
އަބޫޖަހުލަކީ ވަރަށް ޖާހިލު މީހުނާއިމެދު ވަރަށް އަނިޔާވެރި
މީހެކެވެ. ޚާއްޞަގޮތެއްގައި މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމަ ރަސޫލު
ކަމާއިގެން ފޮނުއްވެވުމާއިއެކު އެކަލޭގެ ފާނާއި ވަރަށް ބޮޑަށް ޙަސަދަވެރިވެގެން
ދިޔަ ދީނުގެ ދުސްމަނެކެވެ. އޭނާ އަބަދުވެސް މީހުންނަށް ނަސޭހަތްދެމުން ދިޔައީ
އިސްލާމްދީނާއި ދެކޮޅު ކަންތައްތަކަށެވެ. ޝައިޠޯނީ ޢަމަލުތަކަށެވެ. އަދި އޭނާއަށް
ތާއީދުކޮށް އޭނާގެ ބަހަށް ކިޔަމަންވަމުން ދިޔައީވެސް މައްކާގައި ތިބި ނުވިސްނޭ
ޖާހިލުންނެވެ.
އަބޫޖަހުލު މަރުވެފައި ވަނީ މުސްލިމުންނާއި މައްކާގެ ކާފަރުންނާއި
ދެމެދު ކުރެވުނު ބަދުރު ހަނގުރާމައިގައެވެ. އެ ހަނގުރާމައަކީވެސް އަބޫޖަހުލުގެ
ރޭވުމާއިއެކު ކުރި ހަނގުރާމައެކެވެ. ހަނގުރާމައިގާ އޭނާ ޒަޚަމުކޮށްލީ މުސްލިމުންގެ
ތެރެއިން ދެ ޒުވާނުން ކަމުގައިވާ މުއައްވިޒު އިބުނި އަފުރާ އާއި މުއާޒު އިބްނި އަމުރު
އިބްނި އަލް ޖަމުހު އެވެ. އެއަށްފަހު އޭނާ ބަދުރުގެ މައިދާނަށް ވެއްޓިފައިވަނިކޮށް
އޭނާގެ ބޯ ބުރިކޮށްލީ އަބްދުﷲ އިބްނި މަސްއޫދުގެ ރަޟިޔަﷲ އަންހު އެވެ. އަބޫ
ޖަހުލަކީ މި އުއްމަތުގެ ފިރުއައުނު ކަމުގައި ރަސޫލާ ޙަދީސު ކުރައްވާފައިވެއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައިވެސް އެފަދަ ނުބައި
ޖާހިލުކަން ދައްކާ މީހުން އުޅޭނަމަ އަޅުގަނޑުމެން އެބައިމީހުނަށް އަބޫޖަހުލޭ ބުނެ
ނިސްބަތް ކުރަމެވެ. ކޮންމެ ޤައުމެއްގައި އަދި ކޮންމެ މުޖުތަމަޢުއެއްގައި ނަމަވެސް
އިސްލާމްދީނާއި ދެކޮޅު ޖާހިލު ކަންކަމަށް ވާގިދޭ ޖާހިލުންގެ ތެރެއިން އެއްމެ
އިސްވެ ހުންނަ މީހާއަށް އަބޫ ޖަހުލު ކަމުގައި ނިސްބަތްކުރެވިދާނެއެވެ. އެފަދަ
މީހުންނަކީ އިސްލާމްދީނާއި، ދީނުގެ ޝިޢާރުތަކާއި އިސްލާމީ ޝަރީއާއަށް ނަފުރަތުކުރާ
އަދި އެކަންކަމާއިމެދު މީސްތަކުންގެ ހިތުގައި ޝައްކާއި ވަހުމު އުފައްދާ މީސްތަކުން
ދެކޮޅުވެރި ކުރުވާ މީހުންނެވެ.
އަޅުގަނޑުމެންނަށް މިއަދު ދިވެހި މުޖުތަމަޢުއިންވެސް އެފަދަ ނުބައި
މީހުންދަނީ ފެންނަމުންނެވެ. އެއީ ހަމަ
އަބޫ ޖަހުލުންނެވެ.

No comments:
Post a Comment