Saturday, May 2, 2020

އިޤްތިޞާދުކޮށްފިނަމަ ވަރަށް ގިނަފައިސާ ސަލާމަތް ކުރެވޭނެއެވެ.

ހަސާޒިމް - ޒިމްސް ދަރުބާރު - 02 މެއި 2020 - 15:30










އެއްމެ ގިނަބަޔަކަށް އެއްމެ ބޮޑަށް ދަތިވާނެ އަދި އެއްމެ ބޮޑަށް ބޭނުންވާނެ އެއްޗަކީ ފައިސާކަން ޔަޤީނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ފާރާތްތަކުން އަބަދުވެސް ޝަކުވާ ކުރާތީ ފެންނަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ގިނަފަހަރު ބޮޑު ކަމެއްޖެހޭއިރު އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްލައިފިނަމަ މިހާރަށްވުރެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކޮށްލެވިދާނެއެވެ.  އެގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއްކަންކަމަށް ބަލާލަމާތޯއެވެ. މިއީ އިޤްތިޞާދު ކުރުމާއި އިސްރާފުކުރުމާއި ގުޅުންހުރި ކަންކަމަކެވެ.

Ø    ލިބޭމިންވަރަށް ބަލައިގެން ޚަރަދުތައް ހަމަޖެއްސުން
Ø    ދުންފަތުގެ އިސްތިޢުމާލުކުރާ ބޭފުޅުން އެކަން ހުއްޓާލުން
Ø    ދުފާ ބޭފުޅުން ދުފުން ހުއްޓާލުން
Ø    އެނާޖީ ޑްރިންކްސް އާއި ފިޒީ ޑްރިންކްސް ބުއިން ހުއްޓާލުން
Ø    ކޮންމެހެން ބޭނުމެއްނެތި ހޮޓާ ރެސްޓޯރެންޓްތަކުން ކެއުމާއި ކޮފީ ބުއިން ހުއްޓާލުން
Ø    ގޭގައި ކައްކައިގެން ކާން އާދަކުރުން
Ø    ޖަންކް ފްޑްސް އަށް ކުރާ ޚަރަދު ހުއްޓާލުން
Ø    ބާނުވަނީސް އާހެދުން ގަތުން ހުއްޓާލުން
Ø    ޕާޓީތަކަށް ޑްރެސްކޯޑަށް ހެދުން ހޯދުން ހުއްޓާލުން
Ø    ޕާޓީތަކަށް (ބާތްޑޭ ޕާޓީ، އެނިވަރސަރީ) ތަކަށް ކުރާ ޚަރަދު ހުއްޓާލުން
Ø    އަތުގައި އޮންނަ ފޯނު ހަލާކު ނުވަނީސް އަބަދުވެސް އެއްމެ ފަހުގެ ފޯނު ގަތުން ހުއްޓާލުން
Ø    އޮންލައިން ގޭމް ކުޅުމަށް ޚަރަދު ކުރުން ހުއްޓާލުން
Ø    އަނެކުންނަށް ދެއްކުމަށް މުދާހޯދުމާއި ލަގްޒަރީ އެއްޗެހި ހޯދުން ހުއްޓާލުން
Ø    ދަރިންތިބި ނަމަ ދަރިންނަށްވެސް އިޤްތިޞާދުކުރަން ދަސްކޮށްދިނުން.
Ø    ބޭނުމެއް ނުވާ ކުޅޭތަކެތި ދަރިންނަށް ހޯދާދިނުން ހުއްޓާލުން
Ø    ކޮންމެ ދުވަހަކީވެސް ދިރިއުޅުމަށް މަސައްކަތް ކުރާ ދުވަހަކަށް ހެދުން
Ø    ތިމާއަށްވުރެ މަތީ ފަންތީގައި ދިރިއުޅޭމީހާގެ ދިރިއުޅުމަށް ނުބަލާ ތިމާއަށްވުރެ ދަށްޙާލަތުގައި އުޅޭމީހާގެ ދިރިއުޅުމަށްބަލާ ތިބާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުން
Ø    ފަތިހާ ތެދުވުމާއި އަވަހަށް ނިދަން އާދަކުރުން.
Ø    ޙަރާމް ގޮތުގައި މުދަލާއި ފައިސާ ނުހޯދުން.
Ø    އަޅުކަންތަކަށް ފަރުވާތެރިވުމާއި ﷲ އަށް ދުޢާކުރުން އިތުރުކުރުން.



No comments:

Post a Comment