އުނގެނުމުގެ
ބޭނުންތެރިކަން
ހަސާޒިމް | ޒިމްސް ދަރުބާރު | 18
މެއި 2020
އުނގެނުމުގެ
ބޭނުންތެރިކަން މިފަދަ މަޢުލޫއަކީ މިކަމާއިމެދު ވަރަށް ފުޅާ ދާއިރާއެއްގައި ލިޔެވިދާނެ
މަޢުލޫއެކެވެ. އަދި މިކަމަކީ އިންސާނާ
އަބަދުވެސް އެކަމަކަށް އެއްމެ ބޭނުންވާ އެއްކަންތަކެވެ. ޚާއްޞަ ގޮތެއްގައި
އުނގެނުމަކީ މުސްލިމުންނަށްވާ ވާޖިބެކެވެ. އަދި މިއީ އިސްލާމްދީން ފެށިގެން އައި
އައުންވެސް މެއެވެ.
އިންސާނާ ދުނިޔޭގައި
ދިރިއުޅޭ އުޅުމުގައި އެއްމެ މުހިއްމު ކަމަކީ އަދި އެއްމެ ބޭނުންތެރި އެއްކަމަކީ
އުނގެނުމެވެ. އުނގެނުމާއި ނުލާ އިންސާނާއަށް ދުނިޔޭގައި ދިރިއުޅުންވާނީ ވަރަށްވެސް
ދަތި އުނދަގޫ ކަމަކަށެވެ. އުނގެނުމޭ ބުނެވޭ ބަހަކީ ވަރަށް ފުޅާ ދާއިރާއެއްގައި
މާނަ ކުރެވިގެންދާ ބަހެކެވެ. އިންސާނާ ދުނިޔެއަށް އުފަންވާ ދުވަހުންފެށިގެން އޭނާ
މަރުވުމާއި ހަމައަށްވެސް ދާނީ އުނގެނެމުންނެވެ. ދިވެހި ހަރުބަހެއްގައިވެސް
ބުނެއުޅެއެވެ. "މަންމަގެ އުނގުން ފެށިގެން ކަށްވަޅަށްދާންދެން ވެސް
އުނގެނޭށެވެ." މި ބަހުންވެސް މި ބުނެދެނީ އިންސާނާ އަބަދުވެސް އުނގެނުމަށް
މަސައްކަތް ކުރަން ޖެހޭނެކަމެވެ.
މި ލިއުމުގައި
އުނގެނުމުގެ ބޭނުންތެރިކަމާއި ބެހޭގޮތުން މައިގަނޑު ހަތަރު ކަމަކަށް އަޅުގަނޑު
އަލި އަޅުވާލާނަމެވެ. އެގޮތުން އުނގެނުމަކީ ކޮބައިކަމާއި، އުނގެނޭނެ ގޮތާއި،
ތަޢުލީމު ނެތުމުން ލިބޭ ގެއްލުމާއި، އުނގެނުމުގެ ފައިދާ އާއި ބެހޭ ގޮތުން
ބަލާލާނަމެވެ.
އުނގެނުމަކީ ކޮބާ؟
އުނގެނުމަކީ
ލިޔެކިއުމުންނާއި މަސައްކަތުގެ ތަޖުރިބާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ތިމާ
އަށް ކުރިން އެނގިފައި ނުވާ ކޮންމެ ކަމެއް ދަސްކުރުމެވެ. އެގޮތުން އިންސާނާއަށް
އެނގޭ ކޮންމެ އެނގުމަކީވެސް އޭނާ އުނގެނޭ އުނގެނުމެކެވެ. އެހެންނަމަވެސް
މިޒަމާނުގައި އުނގެނުމޭ ބުނެ މާނަ ކުރެވެނީ ވަކި ޚާއްޞާ ތަޢުލީމެއް ހޯދުމަށް ކުރާ
މަސައްކަތަށެވެ. އެހެންނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށް ހަނި ދާއިރާ
އަކުން ވިސްނޭ ވިސްނުމެކެވެ. މީހެއްގެ ގާތުންވިޔަސް ނުވަތަ ތިމާ އަމިއްލަ
އަށްވިޔަސް ތިމާއަށް ކުރިން އެނގިފައި ނުވާ ކޮންމެ ޢިލްމަކާއި ކޮންމެ މަސައްކަތެއްވެސް
ދަސްކުރުންވާނީވެސް އުނގެނުމަށެވެ.
އުނގެނޭނެ ގޮތް.
އިންސާނާ ދުނިޔެއަށް
ފޮނުވީއްސުރެ އޭނާ ދަނީ ތަފާތު ގޮތްގޮތުން އުނގެނެމުންނެވެ. އަދި އުނގެނުމަށް ދަނީ
ތަފާތު ވަސީލަތްތައް ބޭނުން ކުރަމުންނެވެ. ޒަމާނާއި އެކު އިންސާނާ އުނގެނުމަށް
ބޭނުންކުރާ ވަސީލަތްތަކާއި ގޮތްތައްވެސް އައީ ތަރައްޤީ ވަމުންނެވެ. ޢިލްމީ
ހޯދުންތަކާއި އަދި އިންސާނާއަށް ކުރިން އެނގިގެން ނުވާ މަސައްކަތްތަކުގެ ތަޖުރިބާ
އިން އިންސާނާ އުނގެނެއެވެ. ލިއެކިޔަން ދަސްކުރުމަށްޓަކައި ހިލަތަކާއި، ގަސްގަހާއި
ގެހީގެ ބައިތަކާއި ޖަނަވާރުގެ ހަމާއި އަދި އެނޫންވެސް ތަކެތި ކުރީ ޒަމާން ތަކުގައި
އިންސާނުން ބޭނުން ކުރަމުން އައެވެ. ޒަމާން ތަރައްޤީވެގެން އައިސް އިންސާނުންގެ
ޢިލްމީ ހޯދުތަކާއި އެކު އުނގެނުމަށްޓަކައި ކަރުދާހާއި ޤަލަމް އުފެއްދިއެވެ. މި
ވަސީލަތަކީ މިއަދު އުނގެނުމުގައި އެއްމެ ގިނައިން ބޭނުން ކުރެވޭ ވަސީލަތެވެ.
އުނގެނުމަށްޓަކައި
ގިނަބަޔަކު މިއަދު ދަނީ ތަޢުލީމް ފޯރުކޮށްދޭ ސެންޓަރު ތަކާއި ސުކޫލުތަކަށެވެ.
އުނގަންނައި ދިނުމުގައި އަބަދުވެސް އެއްމެ އިސްދައުރެއް އަދާކުރަނީ
މުދައްރިސުންނެވެ. އެހެންނަމަވެސް މިޒަމާނު މި ވަނީ ތަޢުލީމު އުނގަންނައިދޭ
މަރުކަޒު ތަކަށް ނުގޮސް އަމިއްލަ އަށްވެސް އުނގެނެވޭނެ މަގުތައް ތަނަވަސް
ވެފައެވެ. އެގޮތުން ކޮމްޕިއުޓަރާއި އިންޓަނެޓްގެ ވަސީލަތްތައް މެދުވެރިކޮށް ގިނަ
ބަޔަކު އުނގެނެމުންދެއެވެ.
ތަޢުލީމް ނެތުމުން
ލިބޭ ގެއްލުން.
ތަޢުލީމު ލިބިފައި
ނެތުމަކީ ޚާއްޞަކޮށް ލިޔަން ކިޔަން ނޭންގުމަކީ މިޒަމާނު ވަރަށް ގިނަ
ގެއްލުންތަކާއި ކުރިމަތިވެގެން ދާނޭ ކަމެކެވެ. ތިމާއަކީ ލިޔަންކިޔަން ނޭންގޭ
މީހަކު ކަމުގައިވާނަމަ ނުވަތަ ޢިލްމު ލިބިފައިވާ މީހަކު ކަމުގައި ނުވާނަމަ
އެހެންމީހުންގެ ފަރާތުންނާއި އަދި ދިރިއުޅޭ އުޅުމުގައިވެސް ތިމާއަށް ދަތިތަކާއި
ގެއްލުންތަކާއި ކުރިމަތިލާން ޖެހިދެއެވެ. ބައެއްފަހަރު ތިމާއަށް ލިޔަން ކިޔަން
ނޭންގޭކަން އަނެކުންނަށް އެނގޭނަމަ ގަސްތުގައިވެސް ތިމާއަށް ގެއްލުންދޭނެއެވެ.
އަދި ކަންކަމުގެ ޢިލްމު ތިމާއަށް ލިބިފައި ނުވުމަކީ އަނެކުންގެ މަލާމާތާއި
ފުރައްސާރަވެސް ތިމާއަށް ކުރިމަތި ވެގެންދާނޭ ކަމެކެވެ.
އުނގެނުމުގެ ފައިދާ.
އުނގެނުމަކީ ނުވަތަ
ކަންކަމުގެ ޢިލްމު ލިބިފައިވުމަކީ ދިރިއުޅުމުގައި ހުރިހާ ގޮތަކުންވެސް އޭގެ ފައިދާ
ލިބިގެންދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އެތައް ފަސޭހަތެކެއްވެ
މީސްތަކުންގެ ކުރިމަތީގައި ތިމާގެ ޤަދަރު އުފުލިގެންދާ ކަމެކެވެ. ތަޢުލީމީ މަތީ
ވަނަތަކާއި އާ އުނގެނުންތައް އުނގެނޭ މީހުން އެހެން މީހުންގެ މެދުގައި ޚާއްޞަ
މަޤާމެއް ދެވެއެވެ. އެބައިމީހުންނަކީ ކަންކަމުގެ އެއްމެ އިސް މީހުންކަމުގައި
އިސްކުރެވިގެން ދެއެވެ. އިންސާނާ ކުރާ ކޮންމެ ކަމެއްވެސް އޭގެ އެއްމެ ފުރިހަމަ
ގޮތުގައި ކުރެވޭނީވެސް އެކަމެއް އުނގެނިގެން ކަމުގައި ވުމާއިއެކު އުނގެނުމުގެ
ފައިދާ އަކީ އެކަމާއިމެދު ވާހަކަ ދައްކާ ކޮޅުންލާނޭ ވާހަކައެއް ނޫނެވެ. ﷲ ގެ ހަޟްރަތުގައިވެސް
ޢިލްމު ލިބިފައިވާ މީހުންނާއި އެނޫންމީހުން އެއްފަދަވެގެން ނުވެއެވެ.

No comments:
Post a Comment