އެ ރީތި ކުއްޖާ
ޒިމް – ޒިމްސް ދަރުބާރު – 16 މެއި 2020
ދުރުން ފެނުމާއިއެކު "ما شا ا لله " އޭ ބުނެ ކައިރިއަށް ޖެހިލަމުން ހީލިއެވެ. ޖަވާބުގައި
ހީލާފައި ކައިރިއަށް އައުމުން ރަނގަޅަށް ބަލާލިއެވެ. އެއާއިއެކު "سبحا ن ا لله" އޭ ބުނެފައި
ނުދެނެހުރިކަމަށް ހަދާ މަޑުމަޑުން ދުރަށް ހިނގައިގަތެވެ. ފަހަތުން އަންނަހެން
ހީވެގެން ފަހަތް އެނބުރި މަޑުމަޑުން ބަލާލުމާއިއެކު "ا لله ا كبر" އޭ ބުނެ އަޅާ
އިތިކޮށް ދުއްވައިގަތެވެ. ގެންފައިހުރި ބިރުން ދުވުނީ ކިހާ ދުރަކަށް ކަމެއްވެސް ނޭންގުނެވެ. ހަމަ
ޔަޤީނުންވެސް އަތުނުވާނޭހާ ދުރަށްދެވުމުން ހުއްޓިފައި ފަހަތްބަލާލުމަށްފަހު ފުން
ނޭވާއެއްލާފައި "ا لحمد لله" އޭ ބުނުމަށްފަހު އިސްތިޣްފާރު ކުރަމުން
ހިނގައިގަތެވެ.
(ނިމުނީ)

No comments:
Post a Comment