ބިދޭސީ (ފުރަތަމަ ބައި)
ޒިމް - ޒިމްސް ދަރުބާރު - 03 މެއި 2020
ނޫރުއާއި ޒާހިރާ ބައްދަލުވެ ރައްޓެހިކަން އުފެދުނީ
ގޭދޮށު ފިހާރައިން ނެވެ. ކަސްޓަމަރުންނާއި ވާހަކަ ދެއްކުމުގައި ނޫރުގެ އެ ހުންނަ
ސަކަ މިޒާޖާއި އަދި ގިނަ ދިވެހި ފިރެހެނުންނަށްވުރެ ނޫރު ހޭންޑްސަމްވެސް ވީމާ
ޒާހިރާއަށް ނޫރު ވަރަށް ކަމުދެއެވެ. ނޫރާއި އެއް އުމުރުގެ ކުދިން ޒާހިރާގެ ތިބިނަމަވެސް
ދެމީހަކު ލޯބިވަންޏާ އުމުރަކީ ހަމައެކަނި ނަމްބަރެއް ނޫންހެއްޔެވެ. ޒާހިހިރާގެ
އުމުރު ސާޅީހުގެ އަހަރުތަކުގެ ތެރޭގައި ގުނަމުން ދިޔަނަމަވެސް ޒާހިރާވެސް އަދިވެސް
ފެންނަނީ ވަރަށް ޒުވާންކޮށްށެވެ.
ޒާހިރާގެ
ފިރިމީހާ ޝަކީބަކީ މަސްދޯންޏެއްގެ ކެޔޮޅެއް ކަމުން ރޭގަނޑުގައި އެކުގައި ނިދާ ނުލެވޭތާ
މިހާރުވީ ކިތައް އަހަރު ކަމެއްވެސް ނޭންގެއެވެ. އެ ހަމަހިމޭން ފިނި ދަންވަރުތަކުގައި
އެހެން އެކަނި ނިދަން ޖެހުމުން ހިތަށް ވަރަށް އެއްޗެހި އަރައެވެ.
މި ފަހަކަށް
އައިސް ފިހާރަ އަށް ދިއުމުން ނޫރު އެކުރާ ލާނެއް ސަމާސާ ތަކާއިމެދު ޒާހިރާއަށް
ވިސްނެން ފެށުނެވެ. ކުރިއާއި ޚިލާފަށް މިހާރު ފިހާރައަށް ދަންޏާ ރީތިވެލައިގެން
ނޫނީ ދާކަށް ޒާހިރާގެ ހިތެއް ނުރުހެއެވެ.
"މިހާރު ހާދަ ރީއްޗޭ" ނެގި އެއްޗިއްސަށް
ފައިސާ ދެއްކުމަށް ކައުންޓަރ ކައިރިއަށް ދިއުމުން ފިހާރައިގެ ސޭޓް ލާނެއް ގޮތަކަށް
އެހެން ބުނެލި އިރު ތަންކޮޅެއްދުރުގައި ކަޅިޖަހާ ނުލާ ޒާހިރާއާއި ދިމާއަށް ނޫރު ބަލަމުން ދާކަން ޒާހިރާއަށްވެސް އެނގުނެވެ.
"މި އެއްޗެހި މެންދުރުފަހު ފޮނުވާލަދީ"
ޒާހިރާ ގަތް އެއްޗިއްސަށް ފައިސާ ދެއްކުމަށްފަހު ނިކުންނަމުން ނޫރާއި ދިމާއަށް ހީލިއެވެ.
"އޭ ނޫރު، ކަލޭ މިހާރު ކޮން ކުޅިގަނޑެއް ތިކުޅެނީ؟"
ނޫރުއާއި ޒާހިރާ ލޮލުގެ އިޝާރާތުން ޖަހަމުންދިޔަ ސަކަރާތް ސޭޓަށް އެނގުނެވެ.
"އަހަރެން ކޮން ކުޅި ކުޅެނީ؟ އެއްވެސް ކުޅި ނުކުޅެން"
ނޫރު އެހެން ބުނެފައި ޖަހާލީ ހިނިގަނޑެކެވެ.
"ދައްތާ... މިހުރީ ސާމާނު.." ޒާހިރާ ފިހާރައިން
ނެގި އެއްޗެހިތައް ހިފައިގެން ނޫރު އެގެއަށް އައިސް ގޮވާލިއަޑަށް ބުރުގާވެސް ނާޅާ ތެމިފައިވާ
ދިގު އިސްތަށިގަނޑު ފެން ހިއްކަމުން ޒާހިރާ ނިކުތެވެ. ގޭގައި ޒާހިރާނޫން އެހެން މީހަކުވެސް
ނެތް ވަގުތެކެވެ. ޒާހިރާ ފެނުމާއިއެކު ނޫރު ކުރަން އައިކަންތައްވެސް ހަނދާންނެތުނު
ކަހަލައެވެ.
ޒާހިރާގެ އެރީތިކަންފެނި ގަބުވެފައިހުރި ނޫރަށް
ހޭވެރިކަންވީ އެއްޗެހިތައް ބަހައްޓާފައި ދާށޭ އަތުގެ އިޝާރާތުން ޒާހިރާ ބުނުމުންނެވެ.
ޒާހިރާގެ ރީތިކަންފެނި ނޫރު ހަމަ ރަނގަޅަށްވެސް
މޮޔަވެއްޖެއެވެ. އެގެއިން ނިކުތްއިރު
ނޫރުގެ މޫނުމަތީގައިވާ ހިނިތުންވުމުން ހީވަނީ ކަމެއް ހާސިލުވުމުގެ އުފާ ލިބިފައިވާހެންނެވެ.
މިހާ ހިތްހަމަ ޖެހުން ގެނުވި ޑެލިވަރީއެއް ނޫރަށް ނުކުރެވޭ ކަހަލައެވެ.
ނޫރު ދިއުމުން ކޮޓަރިއަށް ވަދެ ޑްރެސިންގ ޓެބަލްގެ
ކުރިމަތީ ހުއްޓުމަށްފަހު ލޯގަނޑުން ބަލާލާ ޒާހިރާއަށް އަމިއްލަ ނަފުސަށް ހިނިތުން
ވެލެވުނެވެ.
"ބޮޑު މޮޔައެއް" ނޫރަށް ނިސްބަތްކޮށް
އަމިއްލަ ނަފްސަށް ޒާހިރާ އެހެން ބުނިނަމަވެސް މިއަދު ނޫރު ބަލަހައްޓައިގެން
އެހުރި ހުރުމުން ނޭންގޭ ކޮންމެވެސް އިޙްސާސްތަކެއް ކުރުވައިފިއެވެ.
ނުނިމޭ

No comments:
Post a Comment