Monday, May 4, 2020

ބިދޭސީ (ދެވަނަ ބައި)  03 މެއި 2020 ގެ އަދަދާއި ގުޅޭ


ޒިމް - ޒިމްސް ދަރުބާރު - 04 މެއި 2020 




އެދުވަހަށް ފަހު ޒާހިރާއާއި ނޫރުއާއި ދެމެދު އުފެދެމުން އައި ގާތް ގުޅުމަކީ ކޮންމެހެން ތަފްޞީލްކޮށް ދޭން ޖެހޭކަމެއް ނޫނެވެ.  ކުރިން ޝަކީބު ނެތިގެން ފޫހިކަންމަތީ ނުނިދިފައި އޮންނަ ޒާހިރާއަށް މިހާރު ރަނގަޅީ ޝަކީބް ރަށުގައި ނެތީޔާއެވެ. ރަށުގައި ނުހުންނާތީއޭ ކިޔާ ޝަކުވާވެސް ކުރެއެވެ. މިހެން އެކަނި ނޫޅެވޭނެއޭވެސް މިހާރަކަށް އައިސް ކިޔަންފަށައިފިއެވެ. 

ބައެއް މީހުން ޒާހިރާއާއި ނޫރު އޭ ކިޔައިގެން ދައްކާ ވާހަކަތައް ޝަކީބުގެ ކަންފަތައްވެސް ކޮންމެވެސް ވަރަކަށް އިވެމުން ދިޔައެވެ. އެހެންނަމަވެސް އެކުގައި މިވީ 28 އަހަރު ތެރޭގައިވެސް ޒާހިރާއޭ ކިޔައިގެން އެކަހަލަ އެއްވެސް އަޑެއް އިވިފައި ނުވާތީ ލޮލުން ދެކެފައި ނޫނީ އެފަދަ ވާހަކައެއް ޤަބޫލު ކުރާކަށް ޝަކީބު ބޭނުމެއް ނޫނެވެ. ލޯބިވާ އަނބިމީހާއާއި މެދު މީހުންދައްކާ ވާހަކައަށް ޝައްކުކޮށް ދިރިއުޅުން ހަލާކުކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެނޫނަސް އަބަދު މަސައްކަތުގައި ޝަކީބު އެ އުޅެނީވެސް ޒާހިރާ އާއި ކުދިންނަށްޓަކައެވެ. ހުރިހާ ކަމެއް ފުރިހަމަކޮށްދީފައިވާ އެފެންވަރަށް ހަދާފައިވާ ގެއެއް ރަށުގައިވެސް މަދުވާނެއެވެ.
 
"އެއްވެސް މީހަކަށް ފެނުނުތަ އަނެއްކާ؟" މެންދަމުގެ އެ ހަމަ ހިމޭން ވަގުތުގައި ނޫރު އައިސް ޒާހިރާގެ ކޮޓަރީގެ ކުޑަދޮރުން އެތެރެ ވުމާއިއެކު ދޮރު ލައްޕާލާ ދޮރުފޮތިގަނޑު ރަނގަޅު ކޮށްލަމުން ނޫރުކައިރީ އެހިއިރު ހާސް ވެފައި ހުރި ނަމަވެސް ޒާހީރާ އާއި ނޫރުގެ  އިހުސާސްތައް ބަންޑުން ވަމުން ދިޔައެވެ. ވަގުތު ބޭކާރު ކުރާކަށް ދެމީހުންވެސް ބޭނުމެއް ނުވިއެވެ.

މަސްތުގެ ޙާލުގައި ދެމީހުން ތިންބާ ސިއްސައިގެން ދިޔައީ ކޮޓަރިތެރެ އަލިވެގެން ދިއުމުންނެވެ. 
ލޮލަށް މިފެނުނު މަންޒަރު ޤަބޫލު ކުރަންވެސް ޝަކީބަށް ދަތިވިއެވެ. މީގެ ކުރިން ދުވަހަކުވެސް ޒާހިރާގައި ބާރަށް ނިޔަފަތިވެސް ޖައްސާނުލާ ޝަކީބު ގައިގެ އެއްމެ ފޮތިކޮޅެއްވެސް ނެތް ޒާހިރާ އާއި ނޫރުގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. އެހެންނަމަވެސް ނޫރަކީ ޝަކީބަށްވުރެ ޖާނުގެ ގޮތުން ވަރުގަދަ މީހެއްކަމުން ޝަކީބުގައިގާ ހިފާ ވައްޓާލުމާއިއެކު ޝަކީބުއަށް ނޭވާނުލެވޭނެ ވަރަށް ކަރުގައި ހިފިއެވެ. ޝަކީބުގެ ހަރަކާތް ހުއްޓިއްޖެހެން ހީވުމުން ނޫރު ޝަކީބުގެ ކަރުން ދޫކޮށްލި ވަގުތު ވެގެން ދިޔައީ ޝަކީބުގެ އެއްމެ ފަހުގެ ނޭވާ ދޫކޮށްލި ވަގުތަށެވެ.   

(ތިންވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

No comments:

Post a Comment